ގަމު މަތިމަރަދޫގައި މިސްކިތެއް އަޅަނީ

ޒަކާތު ފަންޑުން ހަރަދުކޮށްގެން ލ. ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފަސް ސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން...

31 Dec 2019 | 07:51

ޒަކާތު ފަންޑުން ހަރަދުކޮށްގެން ލ. ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފަސް ސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ހަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ.

މިއަދުން ފެށިގެން 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މިސްކިތުގެ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަމީން މުހައްމަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް