މާލެ ދަތުރުކުރި ކަނޑު ބޯޓެއްގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަނީ

ކަނޑު ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށާއިފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ކުދީންނާ ޖިންސީ ގޯނާކޮށްފައި ...

31 Dec 2019 | 06:44

ކަނޑު ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށާއިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ކުދީންނާ ޖިންސީ ގޯނާކޮށްފައި ވަނީ ރަށުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގަ އެވެ.

އެ ދެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ބޯޓްގެ ފަޅުވެރިއެކެވެ.

ޖިންސީ ގޯނާކޮށްފައި ވަނީ 11 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންނަށެވެ.

ބޯޓު މާލެއަށް ޖެއްސުމާ އެކު ފުލުހުންނާއި ޖެންޑާ އައިސް އެމީހާ ގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް