އާ އަހަރު ފާހަގަ ކުރަން ގާނޫނާ ހިލާފު ކަންކަން ކުރަން ރާވާ އެފަދަ ހަރަކާތްތައް ހިންގަން ފަންޑު ހޯދުމަށް ފޭރެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބާއްވާ ހަފްލާތަކުގައި ގާނޫނާއި ހިލާފު ކަންކަން ކުރުމަށް ރާވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ އާ އަހަރު ފާހަގަ ކުރަން ހިންގާފާނެ ޖިނައީ ކުށްތައް ހުއްޓުވުމަށް މިރޭ ފުލުހުން ހަރަކާތްތެރިވާނެ ކަަމަށެވެ.
އެކަންކަން ހުއްޓުވަން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އާ އަހަރު ފާހަގަ ކުރަން ހިންގާ ހަރަކާތްތަކަށް ފަންޑު ހޯދަން ފޭރިފައިވާ ބައެއް ފައިސާ އާއި މަސްތުވާތަކެއްޗާއި ބަނގުރާ ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް