އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އެބޭފުޅާ ރައީސް ޔާމީން އާ ބައްދަލުކުރެއްވީ އިއްޔެ މާފުށީ ޖަލަށް ވަޑައިގެން، ޖަލުގެ ހާލަތާއި ގައިދީންގެ ހާލަތު ބައްލަވައިލެއްވުމުގެ ތެރެެއިންނެވެ.
އިންސްޕެކްޓާ ވިދާޅުވީ ގައިދީން ހިއްސާކުރި ޝަކުވާތަކާއި ފާހަގަކުރި މައްސަލަތައް ހޯމް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށެވެ.
މި ދަތުރަކީ ސީދާ ރައީސް ޔާމީނަށް ބައްދަލުކުރުމަށް ކުރި ދަތުރެއް ނޫންކަން ފާހަގަ ކުރައްވާ އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ރައީސް ޔާމީންގެ އެއްވެސް ޝަކުވާ އެއްއޮތް ތޯ ސާފުކުރި ކަމަށެވެ
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަންކުރެއްވީ މި އަހަރުގެ މެއި މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް