މާދަމާ ލެބޯޓްރީން ލިބޭނީ އިމަޖެންސީ ހިދުމަތް އެކަނި: އައިޖީއެމްއެޗު

މާދަމާ އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލެބޯޓްރީގެ އިމަޖެންސީ ހިދުމަތް ފިޔަވައި ހުރިހާ ހިދުމަތެއް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އައިޖީއެމްއެޗުން ބުނީ އެކެއް...

31 Dec 2019 | 05:27

މާދަމާ އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލެބޯޓްރީގެ އިމަޖެންސީ ހިދުމަތް ފިޔަވައި ހުރިހާ ހިދުމަތެއް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެކެއް ޖެނުއަރީ 2020 ވާ ބުދަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހަކަށްވުމުން ލެބޯޓްރީގެ އިމަޖެންސީ ހިދުމަތް ފިޔަވައި ހުރިހާ ހިދުމަތެއް ބަންދުވާނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ 2020 ވަނަ އަހަރުގެ ދެވަނަ ދުވަހުން ފެށިގެން ފެށިގެން ލެބޯޓަރީގެ ހިދުމަތްތައް އާންމުކޮށް ހިދުމަތްދޭ އުސޫލުން ދެމުންގެންދާނެ ކަމަށެވެ.

2020 ވަނަ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި މިރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޓޫރިޒަމް މިނިސްޓްރީއިން އިސްނަގައިގެން ކުރިއަށްގެންދާ ޝޯއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް