އެމްއޭސީއެލްގެ ބޯޑުގައި ވަކި ވިޔަފާރި ވެރިއެއްގެ ބާރު ހިނގާކަމަށް ޝައްކު ކުރެވޭ: ޔައުގޫބް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު އޮތްގޮތުން ވަކި ވިޔަފާރި ވެރިއަކަށް ކޮންޓްރޯލް ކުރެވޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބ...

31 Dec 2019 | 05:17

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު އޮތްގޮތުން ވަކި ވިޔަފާރި ވެރިއަކަށް ކޮންޓްރޯލް ކުރެވޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެގޮތުން ޔައުގޫބް ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލަ ބަލާ ނިންމަންދެން ވަކިގޮތެއް ނުނިންމުމަށް މާލިޔަތު ކޮމިޓީން ނިންމާފައިވާކަމަށެވެ.

އެމްއޭސީއެލުން ސީޕްލޭން ޓާމިނަލްގެ ހިންގުން ބަޔަކާއި ހަވާލު ކޮށްފިނަމަ، އޭގެން ދޭހަވަނީ އެމްއޭސީއެލުން ރައްޔިތުންނަށް އިހުތިރާމްނުކުރާ ކަންކަމަށް ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑު މިހާރު އޮތްގޮތުން ވަކި ވިޔަފާރި ވެރިއެއްގެ ބާރު އެތަނުގައި ހިނގާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް