ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 394،522 އަށް އަރައިފި

ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 394،522 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކް...

31 Oct 2021 | 17:58

ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 394،522 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 30 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 394،522 އަށް އަރާފައެވެ.

ހޮނިހިރު ދުވަހު  59 މީހަކު ވަނީ ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 19 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ.  އަދި އަތޮޅު ތަކުން އެދުވަހު ވެކްސިން ފުރަތަމަ ޑޯޒު ޖެހީ 40 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ހޮނިހިރު ދުވަހު 270 މީހަކަށް ޖަހައިދީފައިވެއެވެ. މީގެ ތެރެއިން 110 މީހުންނަކީ މާލެ ސަރަޙައްދުންެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިން ދެވަނަ ޑޯޒު ފުރިހަމަ ކުރީ 160 މީހުނެވެ.

މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 357،358  އަށް އަރާފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފާއިވާއިރު އެޗްޕީއޭ އިން އަންނަނީ ވެކްސިންގެ ވެކްސިންގެ ތިންވަނަ ޑޯޒެއްވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ވެކްސިންގެ ތިންވަނަ ޑޯޒެއްޖަހަން ހަމަ ޖެހިފައިވަނީ ދިފާއީ ބާރު ދެރަ ބަލިޖެހުމުން ނުރައްކާވެދާނެ ފަރާތްތަކާއި ޕްރޮންޓުލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޙިދުމަތްތެރިންނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް