ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ބިމު އަޑީގައި ދުއްވާ ރޭލެއްގެ ތެރޭގައި މީހަކު އާންމުންނަށް ވަޅިން ބިރު ދައްކައި ރޯކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ އެވެ. ހާދިސާގައި 10 މީހަކު ޒަހަމްވެފައިވެ އެވެ.
ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މަންޒަރުދުށް އެ ރޭލު ތެރޭގައި ތިބި މީހުން ބުނީ އެމީހާ ރެއިލްގައި ރޯކޮށްލީ ދިޔާއެއްޗެއް އެޅުމަށް ފަހު ލައިޓަރަކުން ކަމަށެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެމިހާގެ އެތަނުގައި ހުޅުޖެހުމުން މީހުންތައް ވަނީ ހަޅޭއް ލަވަމުން ރޭލުގެ ދޮރުތަކަކާއި އެހެން ބައިތަކަށް ދާން ދޮރު ހުޅުވޭތޯ މަސައްކަތް ކޮށްފަ އެވެ. އަދި ރެއިލްގެ އެބައި ދުމުން ފުރޭތަން ފެނެ އެވެ.
އޭރުވެސް ރޭލު ބާރަށް ދުވާކަން އެނގެ އެވެ. އެކަމަކު އިރުކޮޅަކުން ރޭލުވަނީ އެންމެ ކައިރި ސްޓޭޝަނަށް މަޑުކޮއްފަ އެވެ. އެމީހާ ރޭލުގައި ރޯކޮށްލީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
މި ފަހުގެ އަހަރުތަކުގައި ވަޅީގެ ހަމަލާތަކާއި ބަހާއި ރޭލު ސްޓޭޝަންތައް ކައިރީގައި ހަމަލާތައް ދިނުން ޖަޕާނުގައި ވަނީ އިތުރުވެފަ އެވެ.
މިދިޔަ އޮގަސްޓު މަހު ބިމުއަޑިން މަގު ހުރަސް ކުރާ ސަބްވޭއެއްގައި ވަޅި ހަރައި ނުވަ މީހަކު ޒަހަމް ކޮށްލާފައިވެ. ހަމަ އެ މަހު ސަބްވޭއެއްގަ ދެމީހަކަށް އެސިޑު ހަމަލާވެސް ދީފައިވެ އެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ބަސް ސްޓޮޕެއްގައި މަޑުކޮށްގެން ތިބި ސްކޫލް ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީ ދެ މީހުން މަރާލައި، 18 މީހަކު ޒަހަމް ކޮށްލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް