ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔަ އެމްޓީސީީސީން ބުނީ މަސައްކަތް އެއްކޮށް ނިންމާލީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ ...

31 Oct 2021 | 15:31

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔަ އެމްޓީސީީސީން ބުނީ މަސައްކަތް އެއްކޮށް ނިންމާލީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 28 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މި މަޝްރޫގެ ދަށުން ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާފައިވެއެވެ

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 10.02  މިލިއަަން ރުފިޔާގެ މަޝްރޫޢެކެވެ.

މި އަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.

އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރު ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައިި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް