އެންމެ ކުޑަ އުޖޫރައާ، މުސާރަ ހަމަހަމަ ކުރަން 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

މުސާރަ ހަމަހަމަ ކުރުމަށާއި އެންމެ ކުޑަ އުޖޫރަ ދިނުން ތަންފީޒު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގަ500 މިލިއަން ރުފިޔާ ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ރަ...

31 Oct 2021 | 12:21

މުސާރަ ހަމަހަމަ ކުރުމަށާއި އެންމެ ކުޑަ އުޖޫރަ ދިނުން ތަންފީޒު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގަ500 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިއަދު އެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ކަނޑައަޅާވަރު އަންނަ އަހަރުން ފެށިގެން ދޭން ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ އުޖޫރައިގެ ފަރަގު ކުޑަކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

ބަޖެޓުގައި ވާގޮތުން މިނިމަމް ވޭޖުގެ ގޮތުގައި މަހަކަށް 7،000 ރުފިޔާ ތަންފީޒު ކުރަން ފަށައިފިނަމަ މިނިމަމް ވޭޖް ދިނުމަށް 163 މިލިއަން ރުފިޔާ ބަޖެޓުން ހޭދަވާނެ އެވެ. ބާކީ ފައިސާ އަކީ އޭގެ އިތުރަށް ކުރާ ހަަރަދަކީ ޕޭ ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމަށް ކުރާ ހަރަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް