ހުވަދޫ ކަނޑަށް ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ދިޔަވަމުން ދަނީ "އަލްމާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓްގާޑުން އެ ބޯޓު އޮތް ސަރަހައްދަށް މިހާޜު ދަނީ ދަތުރު ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ޓީމަށް ބޯޓު ކައިރިއަށް ނުދެވޭތީ ބޯޓުގެ ހާލަތު އަދި ނޭނގޭ ކަމަށެވެ.
މިފަހުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
އެގޮތުން ކަނޑުގަދަވެ ސަފާރީއެއް ބަންޑުން ޖަހާލައި ބިދޭސީ އަކު މަރުވެފައިވެ އެވެ. އަދި އޭގެ ފަހުން ލޯންޗަކުން މޫދަށް ވެއްޓި އަންހެނަކު މަރުވެ ކުޑަކުއްޖަކު ގެއްލިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް