ފިލިޕީންސްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރި އެ ޤައުމުގެ ހާލަތު އަތުފަތު ނުޖެހޭ ހިސާބަށް ހިނގައްޖެއެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ކޮވިޑްޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އެ ޤައުމުގެ ހެލްތް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައިި ހޮނިހިރު ދުވަހު 423 މީހުން ކޮވިޑްގެ ބަލީގައި މަރުވެފައި ވެއެވެ. އަދި 401 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ބަލިން ރަނގަޅު ވެފައިވާ މީހުންގެ ގޮތުގައި 373 މީހުން ފާހަަގަ ކުރެވިފައި ވެއެވެ.
އެ ޤައުމުގައިި މިހާތަނަށް 2.8 މިލިއަން މީހުންނަށް ބަލި ޖެހި 43،044 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް ޖެހޭ އަދަދުތައް ފާއިތުވި ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، އޮކްޓޯބަރު މަހު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު 18،600 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.
ފިލިޕީންސްގެ 110 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް 26.8 މިލިއަން މީހުން ވަނީ ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް