ބޮލީވުޑްގެ ތަރި އުރްމިލާ މަޓޯންޑްކަރް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ ޕޮޒިޓިވް ވެފައިވަނީ މިއަދު ކަމަށާއި މިހާރުހުރީ ގޭގައި ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އުރްމިލާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއާ އެކިގޮތްގޮތުން ކޮންޓެކްޓްވި މީހުން އަވަހަށް ކޮވިޑަށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ. އަދި އެންމެން ރައްކާތެރިކަމާއެކު ދިރިއުޅުމަށް ވަނީ އެދިފަ އެވެ.
https://twitter.com/UrmilaMatondkar/status/1454698654787379207?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1454698654787379207%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fmovies%2Fcelebrities%2Fstory%2Furmila-matondkar-tests-covid-positive-in-home-quarantine-1871631-2021-10-31
އުރްމިލާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ރަންގީލާ، ޖުދާއީ، ސަތްޔާ އަދި މައުސޫމް ފަދަ ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް