ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ތައިލެންޑުގައި ދިވެހިން ކަރަންޓީނުވާން ނުޖެހޭގޮތް ހަދައިފި

ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ތައިލެންޑުގައި ދިވެހިން ކަރަންޓީނުވާން ނުޖެހޭގޮތް ހަދައިފި އެވެ. އެ ގައުމުގެ ސަރުކާރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ހުރިގޮތާއި ކޮވ...

31 Oct 2021 | 08:10

ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ތައިލެންޑުގައި ދިވެހިން ކަރަންޓީނުވާން ނުޖެހޭގޮތް ހަދައިފި އެވެ.

އެ ގައުމުގެ ސަރުކާރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ހުރިގޮތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ރިޔާޢަތްކޮށް، ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިންނަށް އަންނަނީ ލުއިތައް ދެމުން ކަމަށެވެ.

އެގޮތުން ކަރަންޓީވުމަކާއިނުލާ އެގައުމަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓަށް އެންމެފަހުން އިތުރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.

އެހެންކަމުން ކަރަންޓީނު ނުވެ، އެ ގައުމަށް އެތެެރެވުމަށް މިހައިތަނަށް ވަނީ 80 ގައުމަކަށް ހުއްދަ ދީފަ އެވެ.

އެހެންނަމަވެސް މި ހުރިހައި ގައުމަކުން ވެސް ދަތުރުކުރާ އިރު، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ޖެހެއެވެ.

ތައިލެންޑަށް ކަރަންޓީނާއިނުލާ އެތެރެވުމަށް 80 ގައުމަކަށް ހުއްދަ ދީފައިވާ އިރު، ތައިލެންޑުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަދިވެސް ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓޫރިޒަމަށް ބަރޯސާވެފައިވާ ތައިލެންޑަށް މި އަހަރުގެ ބާކީ އޮތް ތަނުގައި އެ ގައުމަށް ލައްކައެއްހާ ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް