ދުނިޔޭގެ އިގްތިސޯދަށް އަންނަ ފަހި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އާރޯކަން އަންނަނީ ލިބެމުން: އަމީރު

ދުނިޔޭގެ އިގްތިސޯދަށް އަންނަ ފަހި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އާރޯކަން ލިބެމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ. 2022 ވަނަ އަަހރުގެ ދައުލަތުގެ...

31 Oct 2021 | 07:15

ދުނިޔޭގެ އިގްތިސޯދަށް އަންނަ ފަހި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އާރޯކަން ލިބެމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

2022 ވަނަ އަަހރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިހާރު ހުރީ 2019 އާ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށެވެ.

"މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިހާރު އަންދާޒާ ކުރަނީ މި އަހަރު ނިމޭއިރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް. މި އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ "ގޯލްޑަން ޖުބިލީ" އަހަރު. އެކަން ފާހަގަ ކުރުމަށް ގިނަ މާކެޓިން ހަރަކާތްތަކެއް ވަނީ ރާވާފަ." މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭ ރިޒޯޓްތައް ކޮވިޑް-19 އާއެކުވެސް އޮޕަރޭޓް ކުރުމަށް ވެފައިވާ ތައްޔާރީތަކާއެކު، 2022 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19 ގެ ކުރިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރާއި ހަމައަށް ވާސިލު ވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށްފަހު، ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް ހިއްސާކުރާ ދާއިރާތަކަކީ ދަތުރުފަތުރާއި އިމާރާތްކުރުމާއި، އާންމު ވިޔަފާރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް