ޑޮކްޓަރީ ބޭސް ވިއްކޭނޭ އެންމެ މަތީ އަގު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅަން ނިންމާފައިފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާނެކަމަށެވެ. އަދި ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނަ އާސަންދަ ނިޒާމަކީ ލިމިޓެއް ކަނޑައަޅާފައިވާ ނިޒާމެއް ނޫން ކަމުން އިސްރާފަށް މަގު ފަހިވާ ނުރަނގަޅު އާދަތަކަށް މަގުފަހި ވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފްގެ މިންވަރު ކުޑަކޮށް، ސަރުކާރުގެ ބަޖެޓުންނާއި ރައްޔިތުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަ ކުރުމަށް އަންނަ އަހަރު ސަރުކާރުން ފިޔަވަޅު ތަކެއް އަޅާނެ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު މި އަންނަ އަހަރު ކަނޑައެޅިގެންދާނެއެވެ. އަދި ބޭހުގެ ވިޔަފާރިން އެކަށިގެންނުވާ މިންވަރަށް ފައިދާ ނެގުމަށް ހުޅުވާލެވިފައިވާ ދޮރުތައް ބަންދު ކުރެވޭނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައ ި4.6 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވަނީ36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް