އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅައިފި

އަންނަ އަހަރަށް ލަދާ ކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ބަޖެޓު ހުށަހެޅުމަށް ހާއްސަކޮށް މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވީ...

31 Oct 2021 | 05:33

އަންނަ އަހަރަށް ލަދާ ކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބަޖެޓު ހުށަހެޅުމަށް ހާއްސަކޮށް މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިއަހަރު ބަޖެޓު ހުށަހަޅާފައިވަނީ "ފާގަތި ދިރިއުޅުމުމަށް" ޝިޔާރުގެ ދަށުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހާފައިވަނީ މި އަހަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައ ި24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓުން34 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ހަރަދު ކުރުމަށެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް6.2 ބިލިއަން ރުފިޔާ އަދި ޑެސިފިޓްގެ ގޮތުގައި9.7 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.

ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 ޕަސެންޓް ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 ޕަސެންޓް ހޭދަކުރަން ކަނޑައަޅާފައިވާއިރު އޮފީސްތައް ހިންގަން ބަޖެޓުން 12 ޕަސެންޓް ހޭދަކުރަން ނިންމާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް