ސްޕެނިޝް ލީގު: އަލަވޭސް އަތުން ވެސް ބާސެލޯނާ އަށް މޮޅެއް ނުހޯދުނު،

ސްޕެނިޝް ލީގުގައި ރޭ އަލަވޭސްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި އަލަވޭޒްއާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ1-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން އާދައިގެ ކު...

31 Oct 2021 | 04:43

ސްޕެނިޝް ލީގުގައި ރޭ އަލަވޭސްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އަލަވޭޒްއާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ1-1 ގެ ނަތީޖާއިންނެވެ.

ބާސާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ފަހު ހާފަށް ކުޅެން ނިކުމެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. ފަހު ހާފުގެ ކުޅުން ފެށުނު ތަނާހެން ބާސާއިން ލީޑުނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޑީ އަލަބާގެ އެހީތެރިކަމާއި އެކު މެމްފިސް ޑިޕާއީ އެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ބާސާއަށް ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.

ބާސާއިން މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، އަލަވޭސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯސޭލޫގެ އެހީތެރިކަމާއި އެކު ލުއިސް ރިއޯހާ ގޮންޒަލޭޒް އެވެ.

މި ނަތީޖާއާއި އެކު ބާސެލޯނާ އޮތީ ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާއި އެކު ތާވަލުގެ 16 ވަނާގައެވެ. އަދި އަލަވޭސް އޮތީ ކުޅުނު 11 މެޗުން ލިބުނު 10 ޕޮއިންޓާއި އެކު ތާވަލުގެ 16 ވަނާގައެވެ.

ރޭ އަލަވޭސް އަތުން ވެސް ބާސާއަށް މޮޅެއް ހޯދިފައިނުވާއިރު، އެޓީމު އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އަދި ބާސެލޯނާ މިފަހަރުގެ ސީޒަނުގައި ނެރެމުން އަން ދައް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗަކަމުގައި ހުރި ރޮނާލްޑޫ ކޫމަން ވެސް ވަނީ މީގެ ދެ ދުވަސް ކުރިން މަގާމުން ވަކިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް