ޖަރުމަން ލީގު: ޔޫނިއަން ބާލިން އަތުން ބަޔާން އަށް ފަސޭހަ މޮޅުވެއްޖެ

ޖަރުމަން ލީގުގައި ރޭ ޔޫނިއަން ބާލިންއާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައ...

31 Oct 2021 | 04:12

ޖަރުމަން ލީގުގައި ރޭ ޔޫނިއަން ބާލިންއާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުގެ ފަަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. ބަޔާންއިން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 24 ވަނަ މިނެޓުގައި ލެވަންޑޯސްކީއެވެ. މި ދެ ލަނޑާއި އެކު މި ފަހަރުގެ ލީގުގައި ލެވަންޑޯސްކީ ޖެހި ލ؛ަނޑުގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ.  ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާލިން އިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ބާލިންނަށް ޖަހައިދިނީ ނިކޯ ގީސެލްމަންއެވެ.

ބަޔާންއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުން ނިންމާލއިރު، ފަހު ހާފު ފަށައިގެން 16 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާނުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޖޫލިއަން ރަޔާސަން ވަނީ އިތުރު ލަނޑެއް ޖަހައި ބާލިންއަށް އަލުން ފަރަގު ކުޑަކޮށްދީފައެވެ. މެޗުގައި ބަޔާނުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީ ތޯމަސް މުލާއެވެ.

މި މޮޅާއި އެކު ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން ބަޔާން އޮތީ ތާވަލުގެ އެއްވަގާފައެވެ. ތާވަލުގެ ދެވަނައިގައި އޮތީ 10 މެޗުން 24 ޕޮއިންޓް ލިބިގެން ޑޯޓްމުންޑްއެވެ. ތިން ވަނާގައި އޮތީ 10 މެޗުން  22 ޕޮއިންޓް ލިބިގެން ފްރެއިބާގަށްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް