އެސްޓީއޯއިން ކުރިއަށް ގެންދިޔަ މަކިޓާ ހެއްޔާ މުބާރާތުގެ އެއްވަނައަށް އަހުމަދު ސަލީމް (މާޒް ސަލީމް) ހޮވި، އޭނާއަށް އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފިއެވެ.
މިއީ މުޅީ ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 އިންސައްތަ އާއި ފޭސްބުކް ލައިކަށް ބެލުމަށްފަހު އާއްމުންގެ 50 އިންސައްތަ ހިމަނައިގެންނެވެ.
މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި އަހުމަދު ޝަފީއު މަހުމޫދުއެވެ. އަޙްމަދު ޝަފީޢުއަކީ ލަކުޑި ވަޑާމުގެ ފަންނުވެރިއެކެވެ.
އެސްޓީއޯ އިން ބުނީ އަންނަ އަހަރުވެސް މި މުބާރާތް އިތުރު އިނާމުތަކާއެކު ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް