ސީރިޔާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން މީގެކުރިން އާއްމުކުރި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް ދެ ޖަމާއަތެއް ވަނީ އިތުރުކޮށްފައެވެ. މީގެކުރިން އާއްމުކުރި ލިސްޓުގައި 17 ޖަމާއަތެއް ހިމަނާފައިވެއެވެ. ނަމަވެސް މިއަދު އާއްމުކުރި ލިސްޓުގައި އިތުރުކުރި ދެ ޖަމާއަތާއި އެކުގައި 19 ޖަމާއަތެއް ވަނީ ހިމަނާފައެވެ.
މިއަދު އާންމު ކުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް:
1- އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
2- އަލް ޤައިދާ
3- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
4- ލަޝްކަރޭ ޠައިބާ
5- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
6- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
7- އަބޫ ސައްޔާފް ގްރޫޕް
8- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
9- އަލް ޝަބާބް
10- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
11- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
12- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
13- ޖައިޝޭ މުޙައްމަދު
14- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
15- ނޭޝަނަލް ތައުޙީދް ޖަމާޢަތް
16- ޖަމާޢަތު މިއްލަތޭ އިބްރާހީމް
17- ވިލާޔަތް އަލް ސޭލާނީ
18- ހައިއަތު ތަހްރީރު އަލް ޝާމް
19- ހުއްރާސް އައްދީން
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އަލަށް އިތުރު ކޮށްފައިވަނީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ. ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ވަނީ ސީރިޔާ އެކަންޏެވެ. ނަމަވެސް މިއީ ހަނގުރާމަވެރި ސަރަހައްދެއް ރާއްޖެއިން ކަނޑައެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް