އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައި ހުރިހާ ރަށެއްގައިވެސް ވޯޓުފޮށި ބަހައްޓާނެ

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވޯޓު ލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ލީޑަޝިޕް އިންތިހާބުގައި މާލޭގައި ދިރިއުޅޭ އ...

31 Oct 2019 | 11:33

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވޯޓު ލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ލީޑަޝިޕް އިންތިހާބުގައި މާލޭގައި ދިރިއުޅޭ އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ މެންބަރުން ވޯޓުލާން މާލޭގައި ވޯޓުފޮށި ބަހައްޓާނެ ކަމަށާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ސްރީލަންކާގެ ކޮލޮމްބޯގައި އެކަނި ކަމަށެވެ.

ކޮލޮމްބޯގައި ވޯޓު ރީރަޖިސްޓްރީ ކުރުން އިއްޔެ ވަނީ މެންބަރުންނަށް ހުޅުވާލާފަ އެވެ. ސްރީލަންކާގެ ކޮލޮމްބޯ އިން ރީރަޖިސްޓްރީ ކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އިންތިޚާބާއިބެހޭ ކޮމިޓީއަށް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ފޮނުވަން ޖެހެއެވެ.

މި އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް ވާދަ ކުރައްވަނީ މުހައްމަދު ޝިފާޒާއި މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ ލީޑަޝިޕް އިންތިހާބު އޮންނަނީ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް