ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރުމަށް ވަކީލަކު ހަމަ ޖެއްސުމަށް ފަހު ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ދީފިއެވެ.
ޖޭއެސްސީން އެ ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ ހަފްތާގެ ހޯމަ ދުވަހު އިތުރު އަޑުއެހުމަށް ބާއްވާނެ ކަމަށް ބުނެފައެވެ. އެގޮތުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި އަޑުއެހުން އޮންނާނެއެވެ.
އިއްޔެ ވެސް ފަނޑިޔާރު އާދަމް މުހައްމަދު މި ތަހުގީގަށް ހާޒިރު ކުރެއްވިއެވެ. އިއްޔެ އެމަނިކުފާނު ހާޒިރުވެވަޑައިގެންނެވީ ދެ ވަކީލަކާއި އެކުގައެވެ. އއެއީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހްމަދު މާޖިދު އެވެ. ނަމަވެސް އެ ކޮމެޓީން ވަނީ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ، ޖަމީލް ހަމަ ނުޖެއްސާނެ ކަމަށް ނިންމައިފި އެވެ. ސަބަބެއްގެ ގޮތުގައި ބެނެފައިވަނީ، ޑރ. ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އިންނެވުމެވެ. އެހެންކަމުން އިއްޔެގެ ބައްދަލުވުން ނިންމާލިއެވެ. އެ ބައްދަލުވުން ނިންމާލެއްވީ މިއަދު 12:30ގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.
މިއަދު މެންދުރު 12:30ގައި އޮތް ބައްދަލުވުމަށް ފަނޑިޔާރު އާދަމް މުހައްމަދު ވަޑައިގަތީ ގިނިކަންޏާއެވެ. ވަކީލަކާއި ނުލާ ހާޒިރުވެވަޑައިގަތުމުން އެކަން ސާފު ކޮށްދެއްވާ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ އެބާވަތުގެ މައްސަލަތަކަށް ވަކީލުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިއްޔެ އަޑުއެހުމަށް އޭނާގެ ފަރާތުން ޑރ. ޖަމީލު ހަމަޖެއްސުމުން ހިނގައިދިޔަ ކަންކަމާ ގުޅިގެން އޭނާގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ. އަދި ފަނޑިޔާރުގެ ފަރާތުން ވަކީލަކަށް ޑރ. ޖަމީލް ހަމަ ނުޖެއްސެންވީ ސަބަބެއް ނެތްކަން ފާހަގަކޮށް އާދަމް މުހައްމަދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ހިނގާ ޑރ. ޖަމީލްއާ ގުޅުން ހުރި ހުރިހާ މައްސަލައަކުން ތަނާޒުލްވާ ކަމަށް އެދި އޭނާ ވަނީ ސުޕްރީމް ކޯޓަށް ސިޓީ އަކުން އެދިފައި ކަމަށެވެ.
އެހެންނަމަވެސް ފަނޑިޔާރުގެ ވަކީލަކަށް ޑރ. ޖަމީލް ހަމަނުޖެއްސޭނެ ކަމަށް ތަހުގީގު ކޮމެޓީން ނިންމާފައިވާ ނިންމުމަކަށް ބަދަލެއް ނުގެނެއެވެ.
ފަނޑިޔާރު އާދަމަ މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަނީ ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި އޭޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އާއި ހިސާން ހުސައިންގެ އިތުރުން އަބްދުލް މާނިއު ހުސައިން އަދި ޑރ. އަލީ ޝަމީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް