މީރާގެ އިސްވެރިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު މިއަދު އައްޔަންކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ދެ ބޭފުޅުންނަ...

31 Oct 2019 | 10:35

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު މިއަދު އައްޔަންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ދެ ބޭފުޅުންނަށް ރުހުން ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދެ ބޭފުޅުންނަށްވެސް މަޖިލީހުގެ ރުހުން ލިބުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މީރާގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ޖެހުނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް