އެކްޓްރެސް ގިތާންޖަލީ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އެކްޓްރެސް ގިތާންޖަލީ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އޭނާ މަރުވީ ހައިދަރްބާދުގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި މަރުވި އިރު އުމުތަކީ...

31 Oct 2019 | 09:08

އެކްޓްރެސް ގިތާންޖަލީ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އޭނާ މަރުވީ ހައިދަރްބާދުގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި މަރުވި އިރު އުމުތަކީ 72 އަހަރު ކަމަށެވެ.

ތެލުގޫ، ޓެމިލް، މަޅިޔާޅަމް އަދި ހިންދި ފިލްމު އިންޓަސްޓްރީގައި ގިނަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ގީތާންޖަލީގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގިތާންޖަލީގެ ފިރިމީހާ އަދި އެކްޓަރު ރަމާކްރިޝްނާ 2001 ވަނަ އަހަރު މަރުވެފައިވާ އިރު، އެ ދެމަފިރިންނަށް ލިބިފައިވަނީ އަދިތު ސްރިނިވާސް އެވެ. އޭނާ އަކީވެސް އެކްޓަރެކެވެ.

އޭނާ ފެނިގެންދިޔަ ފިލްމުތަކުގެ ތެރޭގައި "ދޯ ކަލިއާން" އާއި "ވެންނަދި އޮކަޓެ ޒިންދަގީ" އަދި "ޕަރަސްމަނީ" ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް