ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް ހަދިޔާކޮށްފި އެވެ.
ހެލްމެޓް ހަދިޔާ ކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި ހެލްމެޓްތަކާ ހަވާލުވެލެއްވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
ހެލްމެޓްތަކާ ހަވާލުކުރި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ޓްރެފިކާ ގުޅުންހުރި ކަންކަމާއި އަދި އެހެނިހެން ކަންކަމުގައިވެސް ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޓްރެފިކް މައްސަލަތައް މަދުކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެފަރާތް ގުޅިގެން މަސައްކަތްކޮށް އިތުރު ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ފުލުހުންނާ ހެލްމެޓްތައް ހަވާލުކޮށްދެއްވައި ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ލިޓަސްގެ ފަރާތުން ފުލުހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް