ވީއޭއެމްގެ ރައީސްގެ އިތުބާރު ނެތްކަމަށް ނިންމާ މަގާމުން ވަކިކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަަސް ނިންމާ އޭނާ މަގާމުން ވަކިކޮށްފިއެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ، މަގާމުން ވަ...

31 Oct 2019 | 07:06

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަަސް ނިންމާ އޭނާ މަގާމުން ވަކިކޮށްފިއެވެ.

އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ، މަގާމުން ވަކިކޮށްފައިވަނީ މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އާންމު ޖަލްސާގައެވެ.

ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން މި މައްސަލަ ހުށަހެޅުމުން އެ ހުށަހަޅުމަށް ތާއީދުކުރީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުންނެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ އިއްތިފާގުންނެވެ.

އެ ޖަލްސާގައި ވީއޭއެމްގެ މެމްބަރު 8 ކްލަބުގެ ތެރެއިން 6 ކްލަބަކުން ވަނީ ބައިވެރިވެފައެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީން ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ނައިބު ބެލެހެއްޓެވީ ރައީސް އަލީ ފަޒާދުއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކޯޗަރސް ކޮމިޝަންގެ ޗެއަރމަން މުހައްމަދު ސާޖިދާއި ބީޗް ވޮލީބޯލް ޑެވެލޮޕްމަންޓްގެ ޗެއަރމަން އަބްދުﷲ ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް