ގައުމީ ބޭންކުގެ އޮފީހެއް ހުޅުމާލޭގައި އެޅުމަށް ބިމެއްދީފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ބީއެމްއެލް އިން ހުޅުމާލޭގައި ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ދިން ބިމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅައި ނިންމާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ބޭންކުގެ އޮފީސް އިމާރާތެއް ހެދުމަށް ހާއްސަ ބިމެއް ހަވާލުކޮށް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޓިމޮތީ ސޯޔާއެވެ.
ބީއެމްއެލްއަށް ބިން ދޫކުރީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސެންޓްރަލް ޕާކުގެ ދެކުނު ސަރަހައްދުން އަމީން އެވެނިއުއާ އިންވެގެން އޮތް ސަރަހައްދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް