ހުޅުމީދު ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އައްޑޫސިޓީ ހުޅުމީދޫގެ މިފްކޯ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އާއި ހަވާލިކޮށްފި އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ މި މަޝްރޫއަކީ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއެ...

31 Oct 2019 | 06:38

އައްޑޫސިޓީ ހުޅުމީދޫގެ މިފްކޯ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އާއި ހަވާލިކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ މި މަޝްރޫއަކީ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހްއެވެ.

މި މަޝްރޫއަކީ 68 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު 300 ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރަންޖެހޭޏެ އެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ 97 މީޓަރ ޝީޓް ކީވޯލް އެޅުމާއި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން އެމްޓީސީސީން އަންނަނީ އެއަތޮޅުގެ ހުޅުމީދޫގެ ބަންދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު އެމްޓީސީސީން ވަނީ ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް