އާސަންދަ ކުންފުނިން އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފިއެވެ.
އޯޕަން ޕްރޮކިއުމަންޓް ލޯންޗް ކުރުމަށް ނިންމީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.
އޯޕަން ޕްރޮކިއުމަންޓް ލޯންޗްކުރުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމެއްވަނީ ލިބިފައެވެ.
2 ސްޓޭޖަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ދާއިރު، މިއަދު މި ފެށުނީ މި މަސައްކަތުގެ ފުރަތަމަ ސްޓޭޖެވެ.
ފުރަތަމަ ސްޓޭޖުގެ ފޯކަސްއަކީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިޔުމެވެ. އެގޮތުން، މީގެ ފަހުން، -/25،000 ރުފިޔާއަށްވުރެ މަތީގެ އަގުތަކުގެ އެއްޗިހި ގަތުމަށް ކުރާ ޓެންޑަރ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް އެ ކުންފުނީގެ ވެބްސައިޓުން ފެންނާނެއެވެ.
ޓެންޑަރ އިޢުލާނު އެ ކުންފުނީގެ ވެބްސައިޓަށް އަޕްލޯޑް ކުރުމުންފެށިގެން މަޢުލޫމާތު ކަރުދާހާއި މަޢުލޫމާތު ސެޝަނަށް ހާޒިރުވާ މީހުންގެ މަޢުލޫމާތާއި ބިޑް ސަބްމިޓް ކުރާ މީހުންގެ މަޢުލޫމާތާއި އިވެލުއޭޝަން ޝީޓާއި ޓެންޑަރ އެވޯޑް ކުރިނަމަ، އެވޯޑް ކުރިކަމުގެ ލިޔުމާ މުޅި ޓެންޑަރ ޕްރޮސެސްގެ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުން ފެންނާނެއެވެ.
ދެވަނަ ސްޓޭޖްގައި ހުރިހާ ވެންޑަރސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލެވޭނެއެވެ. އޭރުން އެ ވެންޑަރއަކާ ގުޅޭ ދާއިރާއަކުން ޓެންޑަރއެއް އަޕްލޯޑްކޮށްފިނަމަ ވެންޑަރއަށް ނޮޓިފިކޭޝަނެއް ދާނެއެވެ.
ދެވަނަ ސްޓޭޖް ނިމޭ އިރު ޕްރޮކިއުމަންޓްގެ އެންމެ ކުދި މުއާމަލާތްތަކުގެ މަޢުލޫމާތުވެސް ވެބްސައިޓަށް އަޕްލޯޑްކުރާނެއެވެ. އޭރުން އެ ކުންފުނިން ގަންނަ ހުރިހާ އެއްޗެއްގެ އަދި ކުންފުނީގެ ބޭނުމަށް ހޯދާ ހުރިހާ ޚިދުމަތެއްގެ ޕްރޮކިއުމަންޓްގެ ހުރިހާ ޓްރާންސެކްޝަނެއްގެ ހުރިހާ ލިޔެކިޔުންތައް ވެބްސައިޓުން ފެންނާނެއެވެ.
އޯޕަން ޕްރޮކިއުމަންޓް ލޯންޗުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ޒީރޯ-ޓޮލަރެންސްގެ ދަށުން ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް