"ދެކުނު މަހާސިންތާ 2019" ފަށައިފި

ދެކުނުގެ ހަތަރު އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ބާއްވާ "ދެކުނު މަހާސިންތާ 2019" ރައްޔިތުން ފަށައިފިއެވެ. މި މަހާސިންތާ ފައްޓަވައިދެއްވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތު...

31 Oct 2019 | 06:14

ދެކުނުގެ ހަތަރު އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ބާއްވާ "ދެކުނު މަހާސިންތާ 2019" ރައްޔިތުން ފަށައިފިއެވެ.

މި މަހާސިންތާ ފައްޓަވައިދެއްވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ކުރިއަށް ދަނީ ގއ. ވިލިނގިލީގައެވެ.

ގއ، ގދ, ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާއިއެކު ޖުމްލަ ހަތަރު އަތޮޅުގެ ކައުންސިލު ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް