ނޭހާގެ ފަރާތުން ދިވާސްއަށް އެއްލައްކަ ރުޕީސް ދީފި

މިހާރުކުރިއަށްދާ އިންޑިއަން އައިޑޮލް 11ގެ ބައިވެރިއެއް ކަމަށްވާ ދިވާސްއަށް ނޭހާ ކައްކަރްގެ ފަރާތުން އެއްލައްކަ ރުޕީސްދީފިއެވެ. މިޝޯވގެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ނޭހާގެ މި ހަދިޔާއަކީ ދިވާލީ ...

31 Oct 2019 | 05:26

މިހާރުކުރިއަށްދާ އިންޑިއަން އައިޑޮލް 11ގެ ބައިވެރިއެއް ކަމަށްވާ ދިވާސްއަށް ނޭހާ ކައްކަރްގެ ފަރާތުން އެއްލައްކަ ރުޕީސްދީފިއެވެ.

މިޝޯވގެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ނޭހާގެ މި ހަދިޔާއަކީ ދިވާލީ ފާހަގަކުރުމަށް ދިވާސް އޭނާގެ ޢާއިލާ ކައިރިއަށް ނުދާތާ 6 އަހަރުވެފައިވާތީ ދިން ހަދިޔާއެކެވެ.

ދިވާސް ބުނެފައިވަނީ ދިވާލީ ފާހަގަކުރުމަށް ޢާއިލާ ކައިރިއަށް ނުދެވުނީ ވަރަށް ބުރަކޮށް ފެކްޓްރީއެއްގައި މަސައްކަތް ކުރަންޖެހުމުން ކަމަށެވެ.

ދިވާސްއަށް އެއްލައްކަ ރުޕީސް ދިނުމަށްފަހު ނޭހާ ބުނީ ޢާއިލާ ކައިރިއަށް ދާން ޓިކެޓު ގަތުމަށާއި އާ ހެދުމާއި ފޮނި ކާތަކެތި ޢާއިލާއަށް ގެންގޮސްދިނުމަށް އެ ފައިސާ ބޭނުންކުރުމަށް އެދޭ ކަމަށެވެ. އަދި ނޭހާގެ ހެޔޮ ދުއާ ރައްދުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

ބޮލީވުޑުގައި މިހާރު ތިބި އަންހެން ލަވަލިޔުންތެރިންގެ ތެރޭގައި ގިނަ އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ނޭހާ ވަނީ ރީތި، އަސަރުގަދަ ލަވަތަކެއްވެސް ހުށަހަޅާދީފައެވެ.

އެގޮތުން "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" ފަދަ ލަވަތަކަކީ ގިނަބައެއްގެ މަގުބޫލަކަން ހޯދާފައިވާ ލަވަތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް