ސައުދީ އަރަބިއްޔާގައި އަންހެން ކަނބަލުންގެ ރެސްލިން މެޗެއް ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި މެޗް މިއަދު ކުރިއަށްދާނެއެވެ. މެޗު ކުރިއަށްދާނީ ކިންގް ފަހްދު ސްޓޭޑިއަމްގައެވެ.
މޯލްޑް ރެސްލިން އެންޓަޓެއިންމަންޓް (ޑަބްލިއު ޑަބްލި އީ) އިން ހާމަކޮށްފައިވާގޮތުގައި މި މެދުގައި އެއްކޮޅުން ތަޅާނީ ނަތާލިޔާ އެވެ. އަދި އަނެއް ކޮޅުން ތަޅާނީ ލޭސީ އިވާންސް އެވެ. މި މެޗް ކުރިއަށްދާނީ "ޕޭ ޕަރ ވިއު" އުސޫލުން ކަމަށް ޑަބްލިއު.ޑަބްލިއު.އީން ބުނެފައިވެއެވެ.
މި މެޗުގައި އެއްކޮޅަށް ތަޅަން ނިކުންނަ އީވަންސް އަކީ ކުރީގެ އެމެރިކާގެ މެރީންސްގައި ވަޒީފާ އަދާކުރި މީހެކެވެ.
ސައުދީ އަރަބިއްޔާގައި މިފަދަ އައު ކަންކަން އަންނަނީ ތައާރަފް ކުރަމުންނެވެ. އެގޮތުން ސިނަމާތައް އިތުރުކޮށް ކޮންސަޓް ފަދަ ހަރަކާތްތައް ބޭއްވުންވެސް މި ފަހުން ވަނީ އިތުރުކޮށްފައެވެ. އަދި ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް ސައުދީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް