ފެންބޮޑުވުމުގެ ހާދިސާއަށް ފަހު ސްކޫލް ސަރަހައްދު އޮތްގޮތް - )ވ( ޕްރިންސިލަޕް --
ނެޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއިން ހާހަކަށްވުރެ ގިނަ ކުދިންގެ ފުރާނަ ސަލާމަތް ކުރި ޕްރިންސިޕަލަކަށް އެތައް ހާސް ބައެއްގެ ތައުރީފު އޮހެމުން އެބަދެ އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ތިން ހާހަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު މިހާތަނަށް މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ފެނިފައި އެވެ.
މި ނުރައްކާތެރި ބިރުވެރި ހާދިސާ ހިނގި ވަގުތަކީ ހެނދުނު ސްކޫލްތަކުގެ ކިޔެވުން ފެށުނު 8:30 ހާއިރެވެ. މި ހާދިސާގައި ޓްރިބުވަން ޓްރިޝުލީ ސެކަންޑަރީ ސްކޫލުވެސް ވަނީ އެއްކޮށް ސުންނާފަތިވެ ޗަކަ ފެނުގެ އަޑިއަށް ގޮސްފައި އެވެ.
ސްކޫލާއި ދިމާއަށް އެ ދުވަހު ފެންގަނޑު އަންނަ ކަމުގެ އިންޒާރު ލިބުނީ 9:20 ހާއިރު ރަހުމަތްތެރިއެއްގެ ފަރާތުންކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ރާޖެންދުރަ ދަވާދީ މީޑިއާގައި ބުނެފައިވެ އެވެ. އެ ވަގުތު ސްކޫލްގައި 1،643 ދަރިވަރުން ކިޔަވަން ހާޒިރުވެ ތިއްބެވެ.
އެ ޚަބަރު ލިބުމާ އެކު ދަވާދީ ވަގުތުން ސްކޫލު ރަނގަބީލު ޖަހައި ހުރިހާ ކްލާސްރޫމެއް ހުސްކުރުމަށް ޓީޗަރުންނަށް އެންގީ ކަމަށް ބުނެފައިވެ އެވެ. ހަމައެހެންމެ ސްކޫލުގެ ބަސް ޑްރައިވަރުންނާ ގުޅައި ބަސްތައް އަނބުރާ ފޮނުވައިލުމަށް ވެސް އޭނާ އިރުޝާދު ދީފައިވެއެވެ.
ފެންގަނޑު ސަރަޙައްދުގައި ފެތުރެން ފެށުމުގެ ކުރިން ދަރިވަރުން އުސް ބިންތަކަށް ގެންގޮސް ރައްކާތެރި ހިސާބުގައި ބައިތިއްބާފައިވެއެވެ. ފެންބޮޑުވުމުގައި ސްކޫލުގެ ބައެއް ޢިމާރާތްތަކާއި ވަށައިގެން ހުރި އެހެން ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު ދަރިވަރުން ބޯ ގަހެއްގެ ދަށުގައި ހިޔާ ހޯދައިގެން ތިބީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކިޔަވައިދޭ މުވައްޒަފުންގެ ގާތްގަނޑަކަށް އެންމެން ސަލާމަތްވި ނަމަވެސް ކޯރު ކައިރީ ސަރަޙައްދުތަކަށް އެނބުރި ދިޔަ ޓީޗަރަކާއި ސްކޫލުގެ މުވައްޒަފަކު މި ކާރިސާގައި މަރުވެފައިވެއެވެ.
މި ހާދިސާ ހިނގީ ލަންގްޓަންގް ލިރުންގް ކޯރީގެ އުސް ހިސާބަކުން ބޮޑު ގަނޑުފެނާއި ހިލައިގެ ފަރުބަދައެއް ވެއްޓި ކިސަޑާއި ހިލައާއި ބޮޑެތި ކުނިތައް ކޯރުގެ ނިޒާމަށް ފެތުރުމުންނެވެ.
ހަލުވި ނިންމުންތައް ނެގީތީ ދަވާދީއަށް ބަޠަލެއްގެ ގޮތުގައި ތަޢުރީފު ލިބެމުން ދާއިރު އެކަމާ ބެހޭ ގޮތުން އޭނާ ބުނީ އޭނާއަށް ކޮށްދެވެން އޮތް އެންމެ ބޮޑު ކަމަކަށް އެވަގުތު ފެނުނު ކަމަކީ އެއީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް