މަޑުއްވަރިއާ، ކާށިދޫ އަދި ހުޅުމާލެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި

ތިން ރަށެއްގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ވަކިވަކި މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ އާއި ރ. ...

31 Aug 2026 | 09:02
ކާށިދޫއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ކާށިދޫއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ތިން ރަށެއްގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވަކިވަކި މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ އާއި ރ. މަޑުއްވަރި އަދި ކ. ކާށިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލަ ތަކެކެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން މަޑުއްވަރިން ހައްޔަރު ކޮށްފައިވަނީ އެ ރަށު ދެމީހުން ކަމަށްވާ އުމުރުން 29 އަހަރުގެ އާދަމް އާސިމާއި 27 އަހަރުގެ މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރެއިން ކޯޓުން މުއިއްޒު 10 ދުވަހަށް ބަންދު ކުރި އިރު އާސިމަށް މުއްދަތު ޖެހީ ހަތް ދުވަހަށެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހަތް ގެއެއް ބަލާ ފާސްކޮށް ހަތް މީހަކު ހައްޔަރު ކުރި ކަމަށެވެ. އާސިމާއި މުއިއްޒު ފިޔަވާ ދެން ތިބި މީޙުން ދޫކޮށްލީ ކަމަށެވެ. އެ އޮޕަރޭޝަންގައި 53.05 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަތެވެ.

މަޑުއްވަރިން ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ކާށިދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ 10 ގެއެއް ބަލައި ފާސްކޮށްފައި އެވެ. އެމީޙުންގެ އަތުން 32.55 ގްރާމް އަތުލައިގެންފައިވެ އެވެ.

އެ މައްސަލައިގަ ހައްޔަރު ކުރީ ކ. ކާށިދޫ 30 އަހަރުގެ މުހައްމަދު އަހުދު، 37 އަހަރުގެ އަބްދުލްއަލީމް މުހައްމަދު، 22 އަހަރުގެ ނަޒާން މުހައްމަދު ޝާކިރެވެ. އަދި ގދ. ރަފަތަފަންދޫއަށް ނިސްބަތްވާ 26 އަހަރުގެ އާނިމް މުފޯދާއާއި މާލޭ ގ. މާލޭ ހިޔާ މަދީހު ރަޝީދެވެ.

އެމީހުންނަށްވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފައި އެވެ.

ހުޅުމާލޭގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 18 އަހަރުގެ ޔޫނުސް ޔޫނުސް މުހައްމަދު ފާއިޒެވެ. އޭނާ ބަލާ ފާސް ކުރީ ފުލުހުން މަގުމަތިން ފެނުމުން ޝައްކުވާ ގޮތަށް އުޅެ، އެއްޗެއް ފޮރުވަން މަސައްކަތް ކުރުމުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް