N/A
ސައުތު ސެންޓްރަލް ޕޮލިސްގެ ދާއިރާގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް އެ އަމަލުތައް ވީޑިއޯ ރެކޯޑްކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފިއެވެ.
އެ މީހާ ހައްޔަރުކުރި ދުވަހު ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އެ ކުޑަކުއްޖާގެ ބައްޕައަށް ކަމަށް ވާއިރު މިއީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި އެ މަންޒަރު ރެކޯޑްކުރުމުގެ ކުށުގެ ތުހުމަތު ހިމެނޭ ސީރިއަސް މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް