ބްރިޖުމަތީގައި ނުފރައްކާތެރި ގޮތަކަށް ސައިކަލް ދުއްވަނީ -- ފޮޓޯ: ސޯޝަލް މީޑީއާ ސްކްރީން ޝޮޓް
ސިނަމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރި ގޮތަކަށް ސައިކަލް ދުއްވި މީހަކު ދެނެގަނެ އެ މީހާއަށް ފިޔަވަޅު އަޅައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ޒުވާނާ ސައިކަލް ދުއްވަމުން ދިޔައީ އެއް އަތުން ހުންގާނުގައި ހިފައިގެން ދެ ފައި ސައިކަލުގެ އެއް ފަރާތަށް ބާލައިގެން އިނދެއެވެ. މޫނު ނާރުވައި ނަގާފައިވާ އެ ވީޑިއޯގައި ފެންނަ ސައިކަލު ދުއްވާ މީހާ އާއި ވީޑިއޯ ކުރަމުންދިޔަ މީހާ އާ ދެމެދު ވާހަކަދައްކާ މަޖާ ކުރާކަން އެނގެ އެވެ.
މި ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ވަނީ އެ މީހާއާއި އޭނާ ދުއްވި އުޅަނދު ހޯދައި ފިޔަވަޅު އަޅައިފައެވެ. އެގޮތުން ފުލުހުން ބުނީ އެމީހާގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށް ސައިކަލް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށެވެ
މިދިޔަ މަހު ވެސް ހަމަ ހައިވޭގައި ނުރައްކާތެރިކޮށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ ފަހަރު ތިން ސައިކަލެއް 30 ދުވަހަށް ޓޯކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ސިނަމާލެ ބްރިޖު ހައިވޭގައި އެކަނި ވެސް 1355 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް