ހުޅުމާލޭ ފޭސް ދޭއްގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ

ހުޅުމާލޭ ފޭސް ދޭއްގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓު ހިނގީ ދުނބުރިގަސްމަގުގައި އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 7:44 ހާއިރު ކަމަށެވ...

31 Aug 2026 | 04:17
ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ވަނީ އަނިޔާވެފައި --

ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ވަނީ އަނިޔާވެފައި --

ހުޅުމާލޭ ފޭސް ދޭއްގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓު ހިނގީ ދުނބުރިގަސްމަގުގައި އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 7:44 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ފިރިހެނަކަށާއި އެ ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ ފިރިހެނަކަށެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ނޭނގެ އެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި އެމީހުންގެ ބޫޓުތައް ހުރިތަން ފެނެ އެވެ.

އިއްޔެ ރޭވެސް ފޭސް ދޭއްގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި އެވެ. އެ އެކްސިޑެންޓުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް