އެއްފަހަރާ ގިނަ ބައެއްގެ ހުން ބަލައި އެލާޓްކޮށްދޭ ސިސްޓަމް "އީވާރު" ދިރާގުން ތައާރަފްކޮށްފި

ތާމަލް މާސް ސްކްރީނިން ސޮލިއުޝަން، "އާލީ ވާނިން އެލާޓް އެންޑް ރެސްޕޮންސް (އީވާރު)" ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ. ދިރާގުން ބުނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ސިއްހީ އ...

31 Aug 2020 | 06:49

ތާމަލް މާސް ސްކްރީނިން ސޮލިއުޝަން، "އާލީ ވާނިން އެލާޓް އެންޑް ރެސްޕޮންސް (އީވާރު)" ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ސިއްހީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ، މިއީ ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން ތައާރަފް ކުރި ސިސްޓަމެއް ކަމަށް ދިރާގުން ވަނި ބުނެފައެވެ.

ދިރާގުން ބުނީ މީގެ ދެ ސޮލިއުޝަނެއް މިހާރު ލިބެން ހުންނާނެ ކަމަށާއި އެއީ "އީވާރު ކްރައުޑް" އާއި "އީވާރު ކޮމްޕެކްޓް" ކަމަށެވެ.

މި ސިސްޓަމް މެދުވެރިކޮށް އެއް ފަހަރާ 10-15 މީހުންގެ ގައިގެ ފިނިހޫނުމިން ބަލާލެވޭނެއެވެ. އަދި އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ފިނިހޫނުމިން ބަލާލެވޭނެއެވެ. މި ސިސްޓަމްގެ ސަބަބުން އީވާރް ކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން އިސްކުރެވޭނެއެވެ.

https://twitter.com/Dhiraagu/status/1299964438829727750

ހުން ހުރި މީހަކު އިމާރާތަށް ވަނުމާ އެކު މި ސިސްޓަމް މެދުވެރިކޮށް ވަގުތުން އެލާޓް ފޮނުވާލަދޭނެ އެވެ. އަދި މޯބައިލް ފޯނުތަކަށް ނޮޓިފިކޭޝަން ވެސް ފޮނުވައިދޭނެ އެވެ. މީގެ އިތުރުން، މި ޑޭޓާތައް ތިން މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ރައްކާކުރާނެ އެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިން އަށް ވެސް މި ސޮލިއުޝަން އެހީވެދެ އެވެ.

މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު ބިލްޑިންގ ގެ ދޮރު ކުރިމަތީގައި ޓެމްޕަރޭޗަ ބަލަން ބެހެއްޓުމުގެ ބަދަލުގައި، ގައިދުރުކަން އިސްކޮށް ބިލްޑިން އަށް ވަންނަ މީހުންގެ ޓެމްޕަރޭޗަ ބެލޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ.

ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދަސަރު ވިދާޅުވި ގޮތުގައި މި ވަގުތު ހުރިހާ ކުންފުނިތައް ވެސް މަސައްކަތްކުރަނީ އެއް އަޒުމެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަން އިސްކުރުމަށް ކަމަށެވެ. އެހެންވެ، ޓެކެލިކޮމް މެލޭޝިއާއާ ގުޅިގެން އީވާރު ރާއްޖެ އަށް ތައާރަފުކުރުމަކީ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ކެނޑިނޭޅި ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް