ވެމްކޯ މުވައްޒަފަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް ޕްލާސްޓިކު ހޮޅިއަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެގޮތުން ފުލުހުން ދެންމެ ބުނެފައިވ...

31 Aug 2019 | 10:39

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް ޕްލާސްޓިކު ހޮޅިއަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައިކަމަށެވެ.

"އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ޖެނެރަލް އިންވެސްޓިކޭޝަން ޑިޕާޓްމެންޓުން މިހާރު ވަނީ ފަށާފައި" ފުލުހުން ބުނެފައިވެއެވެ.

މި ވީޑިއޯ އާންމުވެފައިވަނީ ސޯޝަލް މީޑިއާގައެވެ. ކޮން ތާރީހެއްގެ ވީޑިއޯއެއްކަން ސާފެއް ނޫނެވެ. ވެމްކޯ މުވައްޒަފަކާއި ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ޕްލާސްޓިކް ހޮޅިބުރިއަކުން ތިން ހަތަރު ފަހަރު އެ މުވައްޒަފަށް މީހަކު ހަމަލާދޭ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް މި ނޫހާއި ހިއްސާކުރައްވަން އެއްވެސް ބޭފުޅަކު ބޭނުންފުޅުވާނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9770541 އަށް ގުޅުއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް