އައިޔޫއެމްގެ ޢިލްމީ ކުރިއެރުމާއި ބެހޭ މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ މަހާސިންތާ މިއަދު ހެނދުނު ފަށައިފިއެވެ. އައ...

31 Aug 2019 | 08:28

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ މަހާސިންތާ މިއަދު ހެނދުނު ފަށައިފިއެވެ.

އައިޔޫއެމްގައި ކުރިއަށް ގެންދާ މި މަހާސިންތާގެ މިއަހަރުގެ ތީމް އަކީ  "ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން" މިއެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮތް އެންވާރަމެންޓް  ޑރ.ޙުސައިން ރަޝީރު ޙަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަހާސިންތާ ދެ ދުވަހަށް ކުރިއަށްދާއިރު، ޖުމްލަ 50 ދިރާސާ ކަރުދާސް އަދި 5 ޕޯސްޓަރު ހުށަހަޅާނެކަމަށް އައިޔޫއެމް އިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ސައުތުއޭޝިޔާގެ އެކި އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނޭނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ.

އައިޔޫއިން އިން ބުނާގޮތުގައި، މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅިގެންދާނެ ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވިއެޖް އެންޑް ލިޓްރޭޗަރ ހިމެނޭނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވަމުންދާ މި މަހާސިންތާގައި މި އަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށް ވުރެއްގިނަ މީހުން ބައިވެރިވެއެވެ.  އަދި ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލް އަށް ކިޔަވާ ދަރިވަރުން އަދި އެހެނިހެން ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް