ރިލްވާނަށް ވީގޮތުގެ ހަގީގަތް ހޯދަންޖެހޭ: ރައީސް ނަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ. އަހުމަދު ރިލްވާން ގެއްލުނު ހާދިސާގައި ފޮރުވިފައިހުރި ހަގީގަތްތައް ހޯދައި އެކަންތައްތައް ހާމަކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނ...

31 Aug 2019 | 06:58

މިނިވަން ނޫހުގެ ނޫސްވެރިޔާ. އަހުމަދު ރިލްވާން ގެއްލުނު ހާދިސާގައި ފޮރުވިފައިހުރި ހަގީގަތްތައް ހޯދައި އެކަންތައްތައް ހާމަކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގެއްލިފައިވާ މީހުންގެ ދުވަހާގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިލްވާންގެ އާއިލާއިން އިންސާފަށް އެދި އިންތިޒާރު ކުރާތާ ފަސް އަހަރުވެއްޖެ ކަމަށެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި ރިލްވާނަށް ވީގޮތުގެ ހަގީގަތް ހޯދަންޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1167659633491795973

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގްސްޓް އަށްވަނަ ދުވަހުއެވެ. ރިލްވާނަށް ވީގޮތް ހޯދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުފުޅަކަށްވީ އިރު، މިހާތަނަށް ރިލްވާނަށް ވީގޮތެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް