ބްރިޖްގެ އަހަރީ އިންސްޕެކްޝަން ފަށައިފި

ސިނަ މާލޭ ބުރިޖައަށް އެއް އަހަރު ފުރުމާއެކު، ބްރިޖް ބަންދުކޮށް އަހަރީ އިންސްޕެކްޝަނަށް ގެ މަސައްކަތް ފަށައިފިއެވެ. ބްރިޖްގެ އިންސްޕެކްޝަން ކުރިއަށް ގެންދަނީ ބްރިޖް އެޅި، ޗައިނާގެ ސީސީސީސީ ކުންފުނިންނެ...

31 Aug 2019 | 06:27

ސިނަ މާލޭ ބުރިޖައަށް އެއް އަހަރު ފުރުމާއެކު، ބްރިޖް ބަންދުކޮށް އަހަރީ އިންސްޕެކްޝަނަށް ގެ މަސައްކަތް ފަށައިފިއެވެ.

ބްރިޖްގެ އިންސްޕެކްޝަން ކުރިއަށް ގެންދަނީ ބްރިޖް އެޅި، ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. މި އިންސްޕެކްޝަން ކުރިޔަށް ދޭނެގޮތް މީގެ ކުރިންވެސް ވަނީ އާންމުނަށް އަނގާފައެވެ.

މި އިންޕެކްޝަނާބެހޭ ގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސިނަމާލެ ބުރިޖު ބޭނުން ކުރާތާ އެއް އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަނެއް ހަދަން ބައެއް ގަޑިތަކުގައި މާލެ އިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ބްރިޖު ބަންދުކުރާ ގަޑިތަކުގައި ހުޅުލެ އިން މާލެއަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ލޭން އިން ދުއްވާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.

ސިނަ މާމެ ބުރިޖަކީ ރައީސް ޔާމީނުގެ ސަރުކާރުގައި އަޅާދެއްވި ބުރިޖެކެވެ. މިއީ ދިވެހި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ކުރިޔަށް ގެންދިޔަ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ބްރިޖު ހުޅުވާފައިވަނީ ކުލަގަދަ ރަސްމީއްޔާތެއް ބާއްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް