ޓްވިޓާ ސީއީއޯގެ ޓްވިޓާ އެކްއުންޓް ހެކްކޮށްފި

ޓްވިޓާގެ ސީއީއޯ، ޖެކް ޑޯސީގެ ޓްވިޓާ އެކައުންޓް ހެކްކޮށްލައިފިއެވެ. ހަތަރު މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މި އެކައުންޓް ހެކްކޮށްލުމަށްފަހު، އެ އެކައުންޓުން ހަރުކަށި އިބާރާތްތަކުން ފަނަރަ މިނެޓު ވަ...

31 Aug 2019 | 06:09

ޓްވިޓާގެ ސީއީއޯ، ޖެކް ޑޯސީގެ ޓްވިޓާ އެކައުންޓް ހެކްކޮށްލައިފިއެވެ.

ހަތަރު މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މި އެކައުންޓް ހެކްކޮށްލުމަށްފަހު، އެ އެކައުންޓުން ހަރުކަށި އިބާރާތްތަކުން ފަނަރަ މިނެޓު ވަންދެން ބައިވަރު ޓްވީޓްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޑޯސީގެ އެކައުންޓް ހެކްކޮށްލާފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ޑޯސީގެ އެކައުންޓް ހެކްކޮށްފައި ވަނީ ޗަކްލިންގ ސްކޮޑް ކިޔާ ގްރޫޕަކުންނެވެ. މި ގުރޫޕުން މިހާތަނަށް ގިނަ ޓްވިޓާ އެކައުންޓްތަކެއް ވަނީ ހެކްކޮށްފައެވެ. މުޅިންވެސް ހެކްކޮށްފައި ވަނީ މިލިއަނުން ފޮލޯވަރުން ތިބޭ މީހުންގެ އެކައުންޓެވެ.

ޓްވިޓާއިން ބުނިގޮތުގައި، ޑޯސީގެ އެކައުންޓުން ޓްވީޓް ކޮށްފައި ހުރީ މޯބައިލް ނަންބަރެއް ބޭނުންކޮށްގެން ޓެކްސްޓް މެސެޖުގެ ޒަރީއާއިން ކަމަށެވެ. އެ މައްސަލަ ޓްވިޓާ އިން މިހާރު ބަލަމުން އަންނަކަމަށާއި، ޑޯސީގެ އެކައުންޓް ހެކްކޮށްފައި ވަނީ ޓްވިޓާ މެދުވެރިކޮށް ނޫން ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

ޑޯސީގެ އެކައުންޓުން އެވަގުތުކޮޅު ކުރި ޓްވީޓެއްގައި ބުނެފައި ޓްވިޓާގެ ހެޑްކްއާޓާގައި ބޮމެއް އޮތް ވާހަކައެވެ. އެޔާއި އެކު އެތައް ބަޔަކު އެ ޓްވީޓް ވަނީ ރީޓްވީޓްކޮށް ކޮމެންޓް ކޮށްފައެވެ.

ޑޯސީގެ އެކައުންޓް ހެކްވި ވަގުތު ކުރި ހުރިހާ ޓްވީޓެއް މިހާރު ވަނީ ޑިލީޓްކުރެވިފައެވެ. އަދި ޑޯސީގެ އެކައުންޓް މިހާރު ވަނީ އާ ނަންބަރެއްގެ މައްޗަށް ބަދަލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް