މާލޭ ފިހާރައަކުން ދީނާ ޚިލާފު ފޮތްތަކެއް އަތުލައިގެންފި

މާލޭ ފިހާރައަކުްނ ދީނާއި ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް ވިއްކަމުން ދަނިކޮށް އަތުލައިގެންފިއެވެ. މި ފޮތްތައް އަތުލައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެނގިފައިވާގޮތުގައި އެ ފިހާރައިނ...

31 Aug 2019 | 05:57

މާލޭ ފިހާރައަކުްނ ދީނާއި ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް ވިއްކަމުން ދަނިކޮށް އަތުލައިގެންފިއެވެ.

މި ފޮތްތައް އަތުލައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެނގިފައިވާގޮތުގައި އެ ފިހާރައިން، ދީނާއި ޚިލާފު 100 އަށްވުރެ ގިނަ ފޮތް ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން މަޢުލޫމާތު ދެމުން ވިދާޅުވީ، އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތަކެއް ހުރި ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ފިހާރައިން ވިއްކާފައި ވަނީ މިފަދަ ކިތަށް ފޮތްކަމެއް އެނގިފައެއް ނުވެއެވެ. އަދި އެފިހާރަ އާއި ބެހޭ މައުލޫމާތެއްވެސް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިންވެސް މަދުން ނަމަވެސް ރާއްޖޭގައި އެހެެން ދީންތައް ފެތުރުމުގެ މަސައްކަތް ބައެއް ފަރާތްތައް އެކި އެކި ގޮތްގޮތަށް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް