ގައުމީ ރޭސިން އެސޯސިއޭޝަން އުފެއްދުމުގެ ކުރީން ވަސީލަތްތައް ބޭނުންވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި އަންނަ މަހު ބާއްވާ ކަޓުކުރުންދާ ނަވެލް އެއާބޭސް އިވެންޓުގައި ވާދަކުރުމަށް ރާއްޖޭގެ ފަސް ދުއްވުންތެރިން ވަނީ ދާދި ފަހުން އެގައުމަށް ފުރައިފައެވެ. އެޓީމުން ބުނިގޮތުގައި ސަރުކާރުން އެޓީމަށް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާތީ، އެ މުބާރާތުގައި ވާދަކުރުމަށް ދިޔައީ އަމިއްލަ ހަރަދުގައެވެ.
https://twitter.com/AhmedMahloof/status/1167456512396054528
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭސިން ޓްރެކެއް ނެތީސް، ގައުމީ ރޭސިން އެސޯސިއޭޝަނެއް ނުއުފެއްދޭނެ ކަމަށާއި ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް ކަމަށާއި ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ކުރިން، ނެތް ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށެވެ.
"ރޭސިން ޓްރެކެއް ނެތީސް، ނޭޝަނަލް ރޭސިން އެސޯސިއޭޝަން ނުހެދޭނެ. ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް. ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ކުރިން، ނެތް ވަސީލަތްތައް ގާއިމުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ އިވެންޓުގައި ވާދަކުރުމަށް ލަންކާއަށް ދިޔަ ޓީމުގައި ހިމެނޭ ޔޫސުފް މާޒިންއަށް ވެސް މަހުލޫފު ވަނީ ރައްދުދެއްވައިފައެވެ. މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އޯޑަރަށް އެކެއް ފެބްރުއަރީގައި ދޮގު ބަޔާން ދިން ގޮތަށް މާޒިން ބޭނުންވަނީ ރޭސިންގެ ކުރިމަރާލަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް