ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދީ ދަމާފައިހުރި ދިދަތަކެއް ކަނޑާލިކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
އެމީހުންގެ މައްޗަށް އެ މައްސަލައިގާ ޓެރަޒަމްގެ ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެ 18 މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގއ. ވިލިނގިލީ ކޯޓުން، ރޭގެ ވަގުތެއްގައެވެ.
ކޮލަމާފުށީގައި ޕީޕީއެމް އަދި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ހިނގި ކަންތައްތަކެއްގައި ހަމަ އެކަނި އެމްޑީޕީ ބަޔަކު ހައްޔަރު ކުރުމުން އެމްޑީޕީން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޕާޓީން ބުނެފައިވާގޮތުގައި އެކަމުން ދޭހަވަނީ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް