ހުޅަނގުގެ މަޝްޙޫރު ޢިލްމުވެރިއެއް "ދަ ލެގަސީ " އިވެންޓަށް ރާއްޖެ ވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ފަރާތުން  ބާއްވާ ތިންވަނަ " ދަ ލެގަސީ " އިވެންޓު މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 އަދި 8 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން މިއަހަރުގެ " ދަ ލެގަސީ " އިވެންޓުގައި ދަރުސް ދެ...

31 Aug 2018 | 09:47

ޕީސް ފައުންޑޭޝަންގެ ފަރާތުން  ބާއްވާ ތިންވަނަ " ދަ ލެގަސީ " އިވެންޓު މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 އަދި 8 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މިއަހަރުގެ " ދަ ލެގަސީ " އިވެންޓުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ހުޅަނގުގެ ދަޢުވަތުގެ މައިދާނުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެމެރިކާއަށް ނިސްބަތްވާ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަބޫ އުސާމާ އައްތަހާބީއެވެ.

އެގޮތުން މި އިވެންޓުގެ ފުރަތަމަ ދަރުސް އޮންނާނީ 7 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މާލޭގައި އޮންނަ މި އިވެންޓުގައި ޝެއިޚް ވައުޡު އިއްވަވާނީ " ދަ ވިނާސް" މި މައުޟޫގެ މައްޗަށެވެ. އަދި މީގެ އިތުރުން 8 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހު  ދަ ލެގަސީ ގެ ދެވަނަ ދަރުސެއް " ޕޮއިޒަނަސް ސޯޝިއަލް ހެބިޓް " މި ނަމުގައި އައްޑޫގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވޭ ވަރަށް ޚާއްޞަ ދެ ދަރުސެކެވެ.

ދަ ލެގަސީ އަކީ ޕީސް ފައުންޑޭޝަނުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޓަރނޭޝަނަލް ސްކޮލާރސް ރާއްޖެއަށް ތަޢާރަފުކޮށް އެ ޢިލްމުވެރިންގެ ދަޢުވަތުން ރާއްޖޭގެ ރައްޔިތުންނަށް މަންފާތަކެއް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ޚާއްޞަކޮށްފައިވާ ދަޢުވަތުގެ އައު ޕުލެޓް ފޯމެކެވެ. އެގޮތުން 2017 ވަނަ އަހަރު މި އިވެންޓުގެ ފުރަތަމަ ދަރުސް ދެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ ޑރ.ބިލާލް ފިލިޕްސްއެވެ. އަދި ދެވަނަ ލެގަސީގައި ރާއްޖެ ވަޑައިގެންފައިވަނީ ޝައިޚް ހުސެއިން ޔީއެވެ. އަދި ޢާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މި އިވެންޓުތަކަށް ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް