ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެއަތޮޅު ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލުތަކާއި އަތޮޅު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ބ. އަތޮޅު ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް