ރިތިކްގެ "ކްރިޝް 4" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

ރިތިކް ރޯޝަން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ރޯލު، "ކްރިޝް" ގެ ކެރެކްޓާ އިން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބުނެފިއެވެ. އިންޑިއާގެ ޒޫމްޓީވީ އަށް ދިން އިންޓަވިއުއެއްގައި ވަރަށް އަވަހަށް "ކްރިޝް 4...

31 Jul 2019 | 08:56

ރިތިކް ރޯޝަން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ރޯލު، "ކްރިޝް" ގެ ކެރެކްޓާ އިން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބުނެފިއެވެ.

އިންޑިއާގެ ޒޫމްޓީވީ އަށް ދިން އިންޓަވިއުއެއްގައި ވަރަށް އަވަހަށް "ކްރިޝް 4" ގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރިތިކް ވަނީ ބުނެފައެވެ. އަދި މި ރޯލު ކުޅެން ވަރަށް ފިޓް ކަމަށް ވެސް ރިތިކް ބުންޏެވެ.

ރިތިކް އިތުރަށް ބުނީ، ފިލްމްގެ ސްކްރިޕް މިހާރު ވަނީ ނިމުމަކާއި ގާތްކޮށްފައި ކަމަށެވެ. އަދި 2020 ވަނަ އަހަރު ފިލްމް ރިލީޒް ކުރެވޭވަރު ވާނެ ކަމަށް ވެސް ބުންޏެވެ.

"ކްރިޝް" ގެ ކެރެކްޓާ އަކީ ސުޕަރހީރޯ އެއްގެ ކެރެކްޓާއެވެ. ކްރިޝްގެ ފެށުމަކީ 2003 އަހަރު ނިކުތް ފިލްމް "ކޮއި މިލްގަޔާ" ގެ ސީކުއަލް އެވެ. އޭގެ ފަހުން ކްރިޝްގެ ތިން ވަނަ ބައެއް ވެސް ވަނީ ނެރެފައެވެ. މި ފިލްމުގައި ރިތިކް އާއި އެކު މީގެކުރިން ފެނިފައި ވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް މި ފިލްމުގެ ހަތަރު ވަނަ ބައިގައި ޕްރިޔަންކާ ފެނިގެންދާނެ ކަމެއް އަދި ނޭންގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް